Thursday, 18 April 2024

މުހިންމު ހަ ކުންފުންޏެއް މެނޭޖުކުރާނީ ކަމަށް ޤާބިލު އަންހެން ބޭފުޅުން: ޑރ. މުޢިއްޒު

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މުހިންމު ހަ ކުންފުންޏެއް މެނޭޖުކުރާނީ ކަމަށް ޤާބިލު، ހިންގުންތެރިން އަންހެން ބޭފުޅުން ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައެވެ.

ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ހަ އަންހެން ބޭފުޅުން ނަގަން ނިންމައި މިހާރު ކޮންފަމޭޝަން ވެސް ދީފައިވާ ކަމަށާއި، ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު ވަރަށް ގިނަ އަދަދެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޓީމު މަސައްކަތްކުރައްވާނީ ހުރިހާ ކަމެއް ޙާޞިލުވާ ގޮތަށް ކަމަށެވެ.

"އަޅުގަނޑު މިފަހަރު މި އެކުލަވާލާ ޓީމްގައި މިހާރު ވެސް އަޅުގަނޑު ކޮންފަމޭޝަން ދީފައި ވާނެ ހަ ބޭފުޅުންނަށް. ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މުހިންމު ހަ ކުންފުންޏެއް މެނޭޖުކުރާނީ ކަމަށް ގާބިލު، ހިންގުންތެރިން އަންހެން ބޭފުޅުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ކެބިނެޓާއި ސަރުކާރުގެ ކުންފުނިތައް އެއްކޮށްލާއިރު މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް ލެވެލް މެނޭޖުމަންޓް އޮންނާނީ މި ފެށޭ ސަރުކާރުގައެވެ.

"އެއިން ކޮންމެ ބޭފުޅަކީ އަޅުގަނޑަށް އެ ބޭފުޅަކާ މެދުގައި ފުރިހަމަ ޔަގީންކަން އޮތް ބޭފުޅުން. މި ދެންނެވީ ޑެލިވަރީ، ކޮމިޓްމެންޓް، ތެދުވެރިކަން. އަޅުގަނޑު ބޭނުން އަޅުގަނޑުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަގީގަތުގައި ވެސް ސަރުކާރުން ނޫނެކޭ ބުނާނަން. ކެބިނެޓްގެ ބޭފުޅެއް ވިޔަސް، އެމްޑީއެއް ވިޔަސް ކޮރަޕްޝަނަށް ފުރުސަތެއް ނުދެއްވާނެ، އަޅުގަނޑަށް ޔަގީން،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ޓީމްގައި ހިމެނޭ އެއްވެސް ބޭފުޅަކު ނަތީޖާ ނެރުމުގައި ފެއިލްވާ ނަމަ އެކަން ވެސް ބައްލަވާނެ ކަމަށާއި އާންމުންގެ ހިޔާލައި ފާޑުކިޔުމަށް ވެސް ޖާދަ ދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ޓީމްގައި ހިމެނޭ އެއްވެސް ބޭފުޅަކު ނަތީޖާ ނެރުމުގައި ފެއިލްވާ ނަމަ އެކަން ވެސް ބައްލަވާނެ ކަމަށާއި އާންމުންގެ ހިޔާލައި ފާޑުކިޔުމަށް ވެސް ޖާދަ ދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *