ދުނިޔޭގެ ކުޅިވަރުން
ދުނިޔޭގެ ކުޅިވަރު ޚަބަރުތަކަށް ބަލާއިރު، ބާންލޭ ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނައަށް އާސެނަލްއަށް ޖެހިލެވުނީ, ކުރިން އެމަގާމްގައި އޮތް ޓޮޓެންހަމް ވުލުވްސް އަތުން ބަލިވެ, އާސެނަލް އިން ބާންލޭ ބަލިކުރުމުނެވެ. ބާންލީގެ މައްޗަށް އާސެނަލް ކުރިހޯދީ 3-1 ނެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ހަނި އެކަމަކު މުހިއްމު މޮޅެއް ހޯދާފައިވަނީ އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅެއް ހޯދީ ލޫޓަން ޓައުންއާ ވާދަކޮށް 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ލިންޑެލޯފްއެވެ.
ޕީއެސްޖީން ފްރެންޗް ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލީ އެމްބާޕޭގެ ހެޓްރިކުން މޮޅުވެގެންނެވެ. ޕީއެސްޖީ އެއްވަނައަށް ޖެހިލީ 3-0 ން ރެއިމްސް ބަލިކޮށްގެންނެވެ. ރެއިމްސްގެ ދަނޑުގައި ކުޅުނު މެޗުގައި ތިން ލަނޑުވެސް ޖެހީ ފްރާންސްގެ ކެޕްޓަން އެމްބާޕޭއެވެ. މި މެޗުން މޮޅުވެ ޕީއެސްޖީ އެއްވަނާގައި އޮތީ ޕޮއިންޓެއްގެ ލީޑްގައެވެ. އެއީ 12 މެޗުން 27 ޕޮއިންޓާއެކުއެވެ.
ރާއްޖޭގެ ކުޅިވަރުން
ރާއްޖޭގެ ކުޅިވަރަށް ބަލާއިރު، ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 14 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލް ހޯދައިފިއެވެ. މިމަހުގެ 6-11 އަށް ދެކުނު ކޮރެއާގެ ވޮންޖޫ ސިޓީގައި ކުރިއަށްދިޔަ މުބާރާތުގައި ދުނިޔޭގެ 60 ގައުމަކުން 600 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި އެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރީ ހަތަރު އެތުލީޓުންނެވެ.
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވ. ކެޔޮދޫ ސްކޫލުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ. ސްކޫލް ވޮލީބޯޅަ މުބާރާތުގެ އެންމެ ސީނިއާ އުމުރުފުރާކަމަށްވާ 19 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލުގައި ކެޔޮދޫ ސްކޫލުން ނުކުތީ މ. އަތޮޅު މަދަރުސާއާ ދެކޮޅަށެވެ. މި މެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.