ނަޝީދުގެ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާގައި؛ އިހްތިޖާޖުކޮށް ފޯރި ނަގަން ތައްޔާރުވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރުގެ މަސައްކަތް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގައި ފޯރި ހިއްޕުމަށް މަސައްކަތްކުރައްވާ ކަމުގެ މަންޒަރުތަކެއް ފެންނަން ފަށައިފިއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގެ 5.1 ގައި ވަނީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރު" އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކުރީ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުން މާނަކުރުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެމްޑީޕީއާ އެއްކޮޅަށް ނިމި، ޖަލްސާއެއް ބާއްވަން މަޖިލީހުން ތައްުޔާރު ވެފައި ވަނިކޮށެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބޭއްވިގެން، އެމްޑީޕީން ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާފައި އެދުނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ޤަރާރެއްގެ މަސައްކަތް ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ބުނެފައި ވަނިކޮށް، ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާއެއް ކުރިއަށް ނުގެންދެވުމުންނެވެ.

އެމްޑީޕީއިން މިމައްސަލަ ހުށަހެޅުއްވުން ސުޕްރީމް ކޯޓުން ނިންމެވީ، މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގެންނެވި ނަމަވެސް ޖަލްސާތައް ބޭއްވޭނެ ކަމަށެވެ. އެހެންކަމުން މިއަދު އޮންނަ ޖަލްސާއަށް މި މައްސަލަ ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގައި އަޑުގަދަކޮށް އިހުތިޖާޖުކުރަން ދަ ޑިމޮކްރެޓް ތައްޔާރުވަމުން ވަމުންދާ ކަމުގެ މަންޒަރުތައް ފެންނަން ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓުން އަންގައިދެނީ، މިއަދުގެ ޖަލްސާގައި އިޙްތިޖާޖުކޮށް، ފޯރި ނަގަން ވާ ތައްޔާރީއެއް ކަމަށް ޤަބޫލުކުރެވެއެވެ.

މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 10 އާ ހަމައަށް ޔޫއޭއީގައި ބޭއްވި 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ވަޑައިގެން ދުބާއީގައި ހުންނެވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެއަށް އެނބުރި ވަޑައިގެންފައިވާއިރު، މިއަދުގެ ޖަލްސާއަށް ވަނީ ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރައިސް ނަސީދު އިސްތިއުފާ ރައްޔިތުން ނަސީދުގެ އިތުބާރުނެއްކަމަށް ދެއްހާސް ސައްވީހުގައި ނަގާނެއް އިންސާﷲ އެދުވަހުވެސް ނަސީދުވިދާޅުވާނީ ތިމަންނައޭތައް ރިޔާސަތުގައި އިންނާނީ ކީވެތޯ ތިހާބިރުންތިއުޅުވަނީ ވޯޓާކުރިމަތިލަވަން ބިރުން ޑިމޮކުރަސީގެ ބައްފަކަމަށް ވިދާޅުވާބޭފުޅާ މިއަދުފެންނަނީ މަގާމާހެދި މަޖިލީސްވެސް ކޯޓުގެބާރު ކަޑުވާލާފައި ރިޔާސަތުގަައި ބަގުޑިބަދައިގެން އިންނަވަންއުޅުވާތަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *