7 ފެބުރުވަރީ 2025

ނަޝީދުގެ މައްސަލައިގައި ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ނުގެންދިޔަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރައީސް ކަމުން ދުރުކުރުމަށް އެމްޑީޕީން ހުށަހެޅި ޤަރާރަކީ މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ބޭރުކޮށްފައިވާ ޤަރާރެއް ކަމަށް ބުނެ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ދެންމެ ފެށި ޖަލްސާ ނިންމަވާލައްވައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި އެމައްސަލަ ބޭރު ކޮށްލާފައިވަނީ، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕާލިއަމެންޓްރީ ލީޑަރު، އަލީ އާޒިމް ނިޒާމީ މައްސަލައެއް ނެންގެވުމުން އެކަމާމެދު ބަހުސް ކުރައްވުމަށް ފަހުގައެވެ.

ނިޒާމީ ނުކުތާގައި އާޒިމް ފާހަގަ ކުރެއްވީ، ޤަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރެއް ހުށަހަޅާނެ ގޮތް ބަޔާންކޮށްފައިވާއިރު، އޭގައިވާ ގޮތުގެ މަތިން ދީބާޖާއެއް ވެސް އިތުބާރު ނެތް ކަމުގެ ޤަރާރުގައި ހުށަހަޅާފައެއް ނުވާކަމަށެވެ. އެއަށްފަހު، އެމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހުސެއިން އަފީފް ވަނީ އެ ޤަރާރު ބޭރު ކޮށްލާފައެވެ.

އެ ޤަރާރު ބޭރު ކުރުމުން، މިއަދު 11:30 ގައި ވެސް އިތުރު ޖަލްސާއެއް ބާއްވާފައިވާއިރު، އެޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ، އެޤަރާރަކީ ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ޤަރާރެއް ކަމަށްވާތީ، އެ ޤަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއަށްފަހު އެ ޖަލްސާ އީވާ ނިންމަވާލެއްވިއެވެ.

"އެހެންމަ އަޅުގަނޑެއް ޤަބޫލެއް ނުކުރަން މިމައްސަލައަކީ މިއަދު ދެން އިތުރަށް ކުރިއަށް ގެންދެވޭނޭ މައްސަލައެއް ކަމަށް އަޅުގަނޑު ނުބަލަން. މި ޤަރާރަކީ މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމަވާ، ނިޒާމީ މައްސަލައަކަށް ގޮތެއް ނިންމާވާ ބޭރު ކުރައްވާފައިވާ ޤަރާރެއް ކަމަށްވާތީ މި ޖަލްސާ ދެން ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑެއް ނުބަލަން" އީވާ ވިދާޅުވިއެވެ.

ގުޅުންހުރި:

ނަޝީދުގެ މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާގައި؛ އިހްތިޖާޖުކޮށް ފޯރި ނަގަން ތައްޔާރުވެއްޖެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު