29 އެޕްރީލް 2025

ފައްޔާޒު، ނަޝީދަށް ގޮވާލެއްވީ ވޯޓަށް ނުފިއްލަވާ ކުރިމަތިލެއްވުމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ނުފިއްލަވާ ވޯޓަށް ކުރިމަތިލައްވަން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ފައްޔާޒު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގައި ކަޅު އަނދިރި ދުވަހެއް ކަމަށެވެ. އަދި މިއަދު ފެނިގެން ދިޔައީ ލަދުވެތި، ނުލަފާ އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ޤަރާރަށް ވޯޓަށް އެހުުމަށްފަހު އެ ވޯޓާއި ކުރިމަތި ލެއްވުމަށް ރައީސް ނަޝީދުއަށް އޭނާ ވަނީ ގޮވާ ލައްވާފައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް އަމަލުކުރައްވާފައިވަނީ، މިދިޔަ މަޖިލީހުގެ ރައީސް މަސީހް އަމަލުކުރެއްވި ގޮތަށްވުރެއްވެސް ދަށުދަރަޖައިގައި ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމާއެކު، މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދުގެ މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ޤަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.

މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަޤާމުން ވަކިކުރުމުގެ ޤަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، މިއަދުގެ ޖަލްސާއަށް ވެސް ނައިބު ރައީސް އީވާ ވަނީ ސަލާމް ވިދާޅުވެފައެވެ. އެހެންވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފްއެވެ.

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ އަފީފް ނިންމެވީ އެ ޕާޓީގެ ޕީޖީން ނިޒާމީ މައްސަލަ ނަގައި އެދުނު ގޮތަށް، އެމްޑީޕީން ޤަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ޚިލާފު ކަމަށެވެ. އަދި އެ ޤަރާރު އަލުން ހުށަހެޅުމަށް ވެސް އޭނާ އެންގެވިއެވެ.
ޤަރާރު އަލުން ހުށަހެޅުމަށް މިއަދު 11:30 އަށް އެ ޤަރާރާ ގުޅޭ އިތުރު ޖަލްސާއެއް ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އީވާ ނިންމެވީ ނަޝީދު ވަކިކުރުމުގެ ޤަރާރާ މެދު މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި، އެހެންވެ އެ ޤަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނު ޤަރާރު މަޖިލިހުގެ ރިޔާސަތުން މިއަދު ހެނދުނު ބޭރުކޮށްލީ ގަރާރުގައި ދިބާޖާއެއް ނެތްކަމަށް ވިދާޅުވެއެވެ.

ރިޔާސަތުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގެންފައިވާ ކަމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމިޓީން ދެންމެއަކު ވަނީ ނިންމާފައެވެ. އެހެންވެ، އީވާ އާއި އަފީފް ހިމެނިވަޑައިގަންނަވާހެން ޑިމޮކްރެޓްސްގެ އެއްވެސް މެމްބަރަކަށް، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މި މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަށް އެ ޕާޓީން އެއްބާރުލުން ނުލިބޭނެ ކަމަށް އަނެއްކާވެސް ވިދާޅުވެ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވާނަމަ، އެ ޖަލްސާއަށާއި އޭގެ ފަހުން އެކުލަވާލާ ކެބިނެޓަށް ރުހުންދިނުމުގައި ވެސް އެއްބާރުލުން ނުދެއްވާނެ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު