Thursday, 18 April 2024

އީވާ މަޤާމުން ވަކިކުރަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ މަޤާމުން ވަކި ކުރަން ބޭނުންވާ ސޮއި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ހަމަކޮށްފިއެވެ.

މިކަމަށް އެމްޑީޕީން ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު އެޖެންޑާކުރި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދެވަނައަށް ބޭއްވި ޖަލްސާ ނިންމާލުމާއި ގުޅިގެންނެވެ.

އެހެންވެ، މިއަދުގެ ދެވަނަ ޖަލްސާ ނިމުމުން އެމްޑީޕީގެ މެމްބަރުން ވަނީ އީވާ ވަކިކުރުމަށް ބޭނުންވާ ސޮއި ހޯދަންފަށާފައެވެ.

އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ބައެއް މެމްބަރުން އިސްނަންގަވައިގެން އީވާ ވަކި ކުރުމަށް ސޮއި ހޯދަމުން އަންނަ ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް ދެއްވޭނީ ޕީޖީ ގްރޫޕުން މަޝްވަރާކޮށް ގޮތެއް ނިންމުމުން ކަމަށް އޭނާ ވިދާޅުވެއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކި ކުރުމަށް މިހާތަނަށް 22 އަށްވުރެ ގިނަ މެމްބަރުން ސޮއި ކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *