Friday, 11 October 2024
އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ޖައްބާރު އިސްރާޢީލުގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ

ޔަހޫދީ ނަތަންޔާހޫގެ އިންޒާރެއް ޢަރަބި ލީޑަރުންނަށް: އަނގަމަޑުންލައިގެން ތިބޭ!

ޣައްޒާގައި އަނިވެރި ޔަހޫދީން ޤަތުލުއާންމުތައް ހިންގާއިރު، އެކަމަށް ވާހަކަ ނުދައްކައި އަނގަމަޑުންލައިގެން ތިބުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ބުނީ، 30 ދުވަސް ފާއިތުވެ ދިޔައިރުވެސް ހަމާސް ކުށްވެރިކޮށް އެއްޗެއް ބުނަން ނުކެރުނު ބައެއްގެ އަތްމައްޗަށް ޣައްޒާ ދޫކޮށް ނުލާނެ ކަމަށެވެ.

އޭނާ ބުނީ، ޢަރަބި ލީޑަރުން ބޭނުންވާ ވަކި ކަމެއް ޙާޞިލުކުރަން ބޭނުންނަމަ، އޭނާ އެދޭ ކަމެއް ކޮށްދޭން ޖެހޭ ކަމަށާއި، އެކަމަކީ ޢަރަބި ލީޑަރުން އަނގަމަޑުންލައިގެން ތިބުމަށެވެ.


ނަތަންޔާހޫ އެ އިޝާރާތްކުރަނީ، އަނިޔާވެރި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް އަރަބި-އިސްލާމީ ވެރިން ގޮވާލެއްވި ގޮވާލެއްވުމަށް ކަމަށް ބެލެވެއެވެ.

މިކަމަށް ގޮވާލައްވާފައި ވަނީ، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ބޭއްވި، ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓްގައެވެ. އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި، އިސްލާމީ ގައުމުތަކުގެ ހުރިހާ ވެރިން ވެސް ގޮވައިލެއްވީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ، އެއްވެސް ޝަރުތެއް ނެތި ވަގުތުން ހުއްޓައިލުމަށެވެ.

އަނިޔާވެރި ނަތަންޔާހޫ އިތުރަށް ބުނީ، ޣައްޒާ ހަމަ ދޫކޮށްލާ ތަނުން ޓެރަރިސްޓުންތައް ބިންފަޅާ އަރާނެ ކަމަށާއި، ކިތަންމެ ޒަމަނެއް ވިޔަސް، ޔަހޫދީ އާބާދިތަކަށް ނުރައްކާ އޮތްހައި ހިނދަކު ޣައްޒާ ދޫކޮށް ނުލާނެ ކަމަށެވެ.

މި ޔަހޫދީ ކަލޭގެ ވިސްނުމާއި އެމެރިކާގެ ވިސްނުމާ ތަފާތެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ ވިސްނުމަކީ ޣައްޒާއިން ޔަހޫދީ ސިފައިން ފައިބައި އެ ސިޓީގެ ހިންގުން ފަަލަސްތީން އޮތޯރިޓިއާ ހަވާލުކުރުމެވެ. ފަލަސްތީން އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ  ޔަހޫދީންގެ އަތްދަށުގައި ހުރި ފަލަސްތީންގެ އެހެން ބިންތައް ދޫކޮށްލުމުން ނޫން ގޮތަކަށް ފަލަސްތީން އޮތޯރިޓީން ޣައްޒާއާ  ހަވާލުނުވާނެ ކަމަށެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް އިން ތަކުރާރުކޮށް ވިދާޅުވަނީ ޔަހޫދީން ބޭނުންވިޔަސް ފަސްޖެހުމެއްނެތި، ޣައްޒާގެ ހިމާޔަތުގައި ހަނގުރާމަކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އަނިޔާވެރި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 11,100 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށް އަރައެވެ. ޔަހޫދީންގެ ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ ރުހުމާއި، އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހިވަނީ ޔަހޫދީކަލޭގެބަސް އެމީހުން އަހާނެހެން މިހާތަނަށްވެސް ތިޖައްބާރި ޔަހޫދީކަލޭގެއަށް އެތިބީ ކިޔަމަން ގަނެގެންހެން ހީވާގޮތަކަށް އެމީހުންއަތުން ހުންނާނީ ހުރިހާއެއް ެއްވެސްލިބިލިބި ޔަޫދީންތަކަން މަނަލެއްދެކޮޅުވެރިކަމރއްނެތި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު