25 ޖަނަވަރީ 2025

ޚުލާސާކޮށް ކުޅިވަރު؛ "ބިލްޑާސް އައިލެންޑް ޕްރިމިއަރ ލީގު" ރ. އަލިފުށީގައި ފަށައިފި

ރާއްޖޭގެ ކުޅިވަރުން

ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބޭއްވި ފުރަތަމަ ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް ހޯދީ ފައިނަލުގައި ކްރޮސްރޯޑްސް މޯލްޑިވްސްއާއި ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

 

ބީއެމްއެލް ޤައުމީ 47 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ ބައިން ފިރިހެން އެންމެ މޮޅު ފެތުންތެރިންގެ މަޤާމު ޝައިމް ޙުސައިން އިބްރާހީމް، އަންހެން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު އަމްނާ ތަޒްކިޔާ މިރުޝާދު އަދި ސީނިއަރ ބައިން އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަޤާމު ޢާއިޝަތު ސައުސަން ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު މުޙައްމަދު ރިހާން ޝިހާމް ހޯދައިފިއެވެ.

މާސްޓާރސްބައިގެ އެންމެ މޮޅު ފިރިހެން ފެތުންރިޔާގެ މަޤާމު ޙުސައިން މުބާޙް ވަނީ ހޯދާފައެވެ. މުބާރާތުގެ އަންހެން ޗެމްޕިއަންކަން ނިއުލެގޫން ސްވިމިންގ ކުލަބު އަދި ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަންއެވެ.

 

"ބިލްޑާސް އައިލެންޑް ޕްރިމިއަރ ލީގު" ގެ ނަމުގައި ރ. އަލިފުށީގައި، އެރަށު ޒުވާނުން އިންތިޒާމުކުރާ ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ. މި މުބާރާތުގައި 4 ޓީމު ބައިވެރިވެއެވެ. މުބާރާތް ފައްޓަވައިދެއްވީ ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ.

May be an image of 2 people, people playing American football, people playing football and text

ފޮޓޯ: ސިޑިބަރި


ދުނިޔޭގެ ކުޅިވަރުން

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުން ޕާކިސްތާން ބަލިވުމާއެކު، ސެމީ ފައިނަލުގެ ފަހު ޖާގަ ނިއު ޒީލަންޑަށް ލިބިއްޖެއެވެ. ކޮލްކަތާގައި ހުންނަ އެޑެން ގާޑެންސް ސްޓޭޑިއަމުގައި ކުޅުނު މެޗުން ޕާކިސްތާން ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑާ ވާދަކޮށް 93 ލަނޑުންނެވެ.

 

ޖަރުމަނު ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާ ލެވަކޫސަން އަނެއްކާ ވެސް ލީގު ތާވަލްގެ އެއްވަނަ އަށް ގޮސްފިއެވެ. ލީގުގައި ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ބާލިންއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމު ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗަށް ނިކުތްއިރު، އެއް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްއެވެ.

މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

 

ސްޕެނިޝް ލީގުގައި ޑިޕޯޓީވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެއެވެ. ލީގުގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލަވޭސްއިންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު