Tuesday, 18 June 2024

ވިސާއަށް ހުށަހަޅަން ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވައިފި

ވިސާއަށް ހުށަހަަޅަން ލުއިފަސޭހަކޮށްދިނުމަށް ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ޚާރިޖީ ވުޒާރާއިން ހުޅުވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިމިނިސްޓްރީ އިން ކެނޑިނޭޅި ކުރަމުންގެންދާ  މަސައްކަތްތަކުގެ ސަބަބުން 1 މާރިޗު 2020 ގައި ވީ.އެފް.އެސް. ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރު (VFS Malé) އެއް މާލޭގައި  ހުޅުވިފައި ހުންނާނެ ކަމަށެވެ.

އަދި މި ސެންޓަރު މެދުވެރިކޮށް ޔޫރަޕުގެ ގިނަ ޤައުމުތަކަކަށް ޝެންގެން ވިސާއަށް ރާއްޖެއިން އެޕްލައިކުރުމުގެ ފުރުޞަތު ތަނަވަސްވުމުގެ ސަބަބުން ޝެންގެން ވިސާ ހޯދުމަށް މީގެ ކުރިން އުފުލާންޖެހުނު ތަކުލީފުތައް ނައްތާލެވި، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދިޔަކަމަށް އެ ވުޒާރައިން ދެކޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެ ވުޒާރާއިން ޝެންގަން ޒޯނުގައި ހިމެނޭ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީ.އެފް.އެސް. މާލެ ވިސާ ސެންޓަރ ރަސްމީކޮށް ސްވިޓްޒަލެންޑް އިން 21 އޮގަސްޓް 2023 ގައި ހުޅުވިފައި ހުންނާނެ ކަމަށާއި، މި ސެންޓަރު މެދުވެރިކޮށް ސްވިޓްޒަލެންޑް، ބެލްޖިއަމް، ނެދަރލެންޑްސް، ޕޮލެންޑް، ލަގްޒެމްބޮރގް އަދި ސްލޮވީނިއާ ޝެންގަން ވިސާއަށް މިހާރު އެޕްލައި ކުރެވޭނެ ކަމަށްވެސް ވިދާޅުވެއެވެ.

މީގެ އިތުރުން 12 ނޮވެމްބަރު 2023 އިން ފެށިގެން ފްރާންސް، ސްޕެއިން އަދި ޕޯޗުގަލް ގެ ޝެންގަން ވިސާއަށް ވީ.އެފް.އެސް. މާލެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފަައިވާ ކަމަށްވެސް އެވުޒާރައިން ހާމަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު