Monday, 07 October 2024

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް ހުށަހެޅުމުގެ ފުރުސަތު

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.

މިކަން ހާމަކުރައްވައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވީ ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް 1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، ޖާގަ ޚާއްސަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ، މިޖާގަ ހޯދުމަށް ބޭނުންވާ ފަރާތްތަކުން ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް "ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް" ފުރުމަށްފަހު އެފޯމާއެކު ހުށައަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ އަކާއި ހައްޖު ކޯޕަރޭޝަންގެ އިޢުލާނާއި އެކު ޝާއިއު ކޮށްފައިވާ "ހެލްތް ސަރޓިފިކޭޝަން ފޯމް" ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން، ފޯމުތައް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީޚަކީ 24 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ކަމަށް އެ ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު