ރައީސް ނަޝީދު ވަކިކުރެއްވުމުން، މަޖިލިސް ރައީސްކަން ކުރައްވާ މުޙައްމަދު އަސްލަމް

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އަސްލަމް އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާންކުރައްވައިފި

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިސްތިއުފާދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ރޭޢ ޙަވާލުވެވަޑައިގެންނެވި މުޙައްމަދު އަސްލަމް އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ، އެ މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިންތިޚާބުވެވަޑައިގަންނަވާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބިފައިވާއިރު، އަސްލަމް އެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ އޭރު އެމްޑީޕީގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ވާދަކުރައްވައެވެ. އޭރު އެމްޑީޕީގެ ޖުމްލަ 65 މެންބަރުން ތިއްބެވިއެވެ. އަސްލަމް ޕީޖީ ލީޑަރުކަމަށް ހޮވިވަޑައިގަތީ 40 މެންބަރުންގެ ސޮޔާއެކުގައެވެ.

ޢަލީ އާޒިމަކީ ރައީސް ނަޝީދު އިސްވެ އުފައްދަވާފައިވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ޕީޖިީ ލީޑަރެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހު ރައީސް ކަމުގެ މަޤާމަށް އަސްލަމްއާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގަންނަވާފައެވެ.

އަސްލަމް އެމްޑީޕީގެ ޕީޖީ ލީޑަރުކަމުން އިސްތިއުފާދެއްވާފައި ވަނީ އޭނާ މަޖިލީހުގެ ރައީސްގެ މަޤާމަށް ރޭ ވަނީ އިންތިޚާބުވެވަޑައިގެންނެވާ ގުޅިގެން ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު