"ޒީރޯ ޓޮލަރެންސް" ޖަޒީރާ ރައީސް މިނިވަންކުރެއްވި އަދީބު ވިދާޅުވަނީ، ފިކުރަކީ މަރާލެވޭނެ އެއްޗެއް ނޫންކަމަށް

ފިކުރަކީ ކަސްތޮޅުއަޅުވައި، އޮބަހައްޓައި ހިފަހައްޓައިގެން މަރައިލެވޭނެ އެއްޗެއް ނޫން ކަމަށް، "ޒީރޯ ޓޮލަރެންސް" އަށް ނޫނެކޭ ވިދާޅުވާން އެންމެ އަޑުހަރުކޮށް ގޮވާލައްވަމުން ގެންދެވި، ޖަޒީރާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިނިވަންކުރެއްވި، އެމްޓީޑީގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ އޮފީހަށް ވަޑައިގެން ނެންގެވި ފޮޓޯތައް ޙިއްސާކުރައްވައި ކުރެއްވި އެކްސްގައ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފިކުރަކީ ޖަލަށް ލެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި ފިކުރަކީ ހެދި ބޮޑުވާނެ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.

ފިކުރަކީ އެންމެ އަނދިރި ކުޑަ ގޮޅިން ފެށިގެން މުޅި ޤައުމުގެ އެކި ކަންކޮޅަށް ހެދިބޮޑުވެ ފުޅާވެގެންދާނެ އެއްޗެއްކަމަށާއި،  އެއީ ކަސްތޮޅުއެޅޭނެ އެއްޗެއް ނޫންކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުﷲ ޒިޔަތަށް މާފުދެއްވައި މިނިވަންކޮންފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އަދީބު އާއި ޒިޔަތު މިނިވަންވެފައިވަނީ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މައާފުދެއްވައި ގުޅިގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރި ދައުވާތަކަށް އަދީބު އާއި ޒިޔަތު ވަނީ ދައުލަތާއެކު ހެދި އެއްބާރުލުދިނުމުގެ އެއްބަސްވުމާއި އެއްގޮތަށް އިއުތިރާފުވެވަޑައިގެންފައެވެ. އޭގެ ފަހުން ކުރީގެ ރައީސް  ޔާމީންއާއި ދެކޮޅަށް އެ ދެބޭފުޅުން ވެސް ވަނީ ހެކިބަސް ދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބު މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ދައުލަތާ އެކީގައި އަދީބު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާއިރު، ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިހާތަނަށްވެސް ހުންނެވީ ގޭބަންދުގައެވެ.

އަދީބު ޖަލުގައި ހޭދަކުރައްވާފައިވަނީ، 2015 އިން 2018 އަށެވެ. އޭނާ ގެއަަށް ބަދަލުކުރީ ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ ކަމަށް އޭނާގެ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ. އަދި ދާދި ފަހުން އަދީބު ބޭސް ފަރުވާއަށް ސިންގަޕޫރަށް ވެސް ވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ