Monday, 14 October 2024

އެޗްޑީސީ މާލީ އަނދަވަޅެއްގެ ތުންފަތްމަތީގައި؛ ބިން ވިއްކައިގެންވެސް ދެކޮޅުނުޖެހޭ

އެޗްޑީސީ މާލީ އަނދަވަޅެއްގެ ތުންފަތްމަތީގައި އޮތްކަން ހާމަވެއްޖެއެވެ. ބިން ވިއްކައިގެންވެސް ދެކޮޅުނުޖެހޭ ހާމަވެގެން ދިޔައީ މިއަދު އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުޅަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުންނެވެ.

އަމީރު ވިދާޅުވީ، ބިން ވިއްކައިގެން ލިބޭނެ ކަމަށް އެޗްޑީސީންް ލަފާކުރި އާމްދަނީ ނުލިބޭ ކަމަށެވެ. އެގޮތުން، ސަޕްލިމެންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީރު ވިދާޅުވީ، ބަޖެޓުން އިތުރަށް ހަރަދު ކުރާ އެންމެ ބޮޑު އަދަދެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭން ޖެހުނު އެއް ސަބަބަކީ ބިން ވިއްކައިގެން ހޯދަން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބުމުން ކަމަށެވެ.

"ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އެޗްޑީސީގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުން އެ ކުންފުންޏަށް ކެޕިޓަލް ދޭން ޖެހިފައި ވެސް ވޭ. ކެޕިޓަލް ދޫކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި 611.7 މިލިއަން ރުފިޔާ ހިމަނާފައިވާނެ،" އެޗްޑީސީގެ މާލީ ޙާލަތާމެދު ކަންބޮޑުވުން ހާމަކުރައްވަމުން އަމީރު ވިދާޅުވިއެވެ.

މިކަން މިހެން އޮތްއިރު، ބިންތައް ކުއްޔަށް ދޫކުރި މައްސަލައެއްގެ ތަހުޤީޤަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެޗްޑީސީއަށް ވަދެފައެވެ. އާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އާބަންކޯގައި ހަރަކާތްތެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން އާބަންކޯއަށް ވަދެފައިވަނީ، ބިންތައް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލުމާތު ހޯދުމަށެވެ. އެކަމަކު، ބިންތައް ދޫކޮށްފައިވަނީ ކޮންތާކުން ކިހިނެތް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ތަހްޤީޤް ކުރިއަށްދާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރުން ހުއްޓުވައި އެކަމުގެ ތަހްޤީޤަށް އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށްވެސް ވަދެފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުންވެސް މީގެ ކުރިން ވަނީ، ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެއަށްފަހު، ނިމިގެން މިދާ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގަން އޭސީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އެޗްޑީސީއަށް އަންގާފައެވެ.

އެނގިފައިވާ ގޮތުގައި މިއަދު އޭސީސީން އެޗްޑީސީއަށް ވަނީ އެ ކޮމިޝަނުގެ އެންގުމާ ހިލާފަށް އެ ބިންތައް ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. އެޗްޑީސީއިން މަސައްކަތްކުރަން އުޅުނީ ހުޅުމާލޭ ފޭސް 2 އަކުން ފަރުކޮޅުފުށިން ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެޗްޑީސީގެ ހިންގުން ދޯހަޅިވެ، ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވެފައިވާއިރު އެ ކުންފުނި މިވަނީ މިއިން ދުވަހު ނުދާހާ ދަށަށް ސޮއްސާލާފައެވެ. ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުން އައި އެޗްޑީސީއަކީ، މީގެ ކުރިން އެންމެ ހަރުދަނާ ގޮތެއްގައި ހިނގަމުން އައިސްފައިވާ ކުންފުންޏެވެ. ނަމަވެސް އެ ކުންފުނީގެ ހިންގުމަށް އައިސްފައިވާ ބަދަލާ ގުޅިގެން ކުރިމަތިވެފައިވާ ހީނާރުކަމުން އަރައިގަތުމަށް އަލަށް އުފެދޭ ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހޭނެ ކަމަށް ޤަބޫލުކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު