ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ފުލުހުން ވަނީ 13 މިލިއަން ރުފިޔާގެ ޕެޓީކޭޝް މައްސަލައިގައި ކަން ހާމަވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކޯޓު އަމުރެއްގެ ދަށުން އާރުޑީސީއަށް ވަން ކަން ޔަޤީންކޮށްދެއްވައިފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިން ފެށިގެން ފައިސާ ވަދެފައިވާއިރު އެ ފައިސާ އަކީ ޕެޓީ ކޭޝް ކަމަށް އާރުޑީސީން މީގެ ކުރިން ބުނެފައިވެއެވެ. އެހެންކަމުން، ފުލުހުން ތަހުގީގުކުރަނީ މީގެ ކުރިން ފެންމަތިވި 13 މިލިއަން ރުފިޔާގެ ޕެޓީކޭޝްގެ މައްސަލަކަމަށް ބެލެވެއެވެ.
އާރުޑީސީން ހާމަކުރައްވާފައިވާ ގޮތުގައި، ފައިނޭންސް ޑިޕާޓްމަންޓްގެ ތިން މުވައްޒަފުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ވެސް ފޮނުވަނީ ޕެޓީ ކޭޝް ގެންގުޅުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކަލަވާލި އުސޫލެއްގެ ދަށުން ކަމަށެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވެސް ވަނީ އާރުޑީސީގައި ފަޅާއެރި 13 މިލިއަން ރުފިޔާގެ އެ މައްސަލަ ދޮގުކުރައްވައި، އެ ކުންފުނީގައި ވައްކަމެއް ނުހިނގާ ކަމަށް ވިދާޅުވި ނަމަވެސް، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިނ