Thursday, 18 April 2024

ވައްޑެގެ ނުރުހުން ބިގޭއަށް: ބިގޭއަކީ ބޮން ހެދުމުގެ މާޒީއެއް އޮންނަ ބޭފުޅެއް

ރައްޔިތުންގެ މަޖިލިހުގެ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސެއިން (ބިގޭ) އަކީ ބޮން ހެދުމުގެ މާޒީއެއް އޮތް ބޭފުޅެއް ކަމަށް މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވަހީދު މިހެން ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދިމާއަށް މުޙައްމަދު ރަޝީދު މިއަދު އަވަގުރާނަ ގޮވިކަމަށް އަޑުފެތުރިފައިވަނިކޮށެވެ.

ވަހީދު ވިދާޅުވީި ބިގޭއަކީ ބޮން ހެދުމުގެ މާޒީއެއް އޮތް ބޭފުޅެއްކަން ހަނދާންކޮށްލަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިިއަދު ކުރިޔަށްދިޔަ ޖަލްސާގައި ބިިގޭ ނަޝީދަށް އިންޒާރު ދެއްވައިފައިވާ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ. ބިގޭއާ އަޅައިގަނެގެން އުޅޭނަމަ، ހޭއަރުވާލާނެ ކަމަށް ބިގޭ ވިދާޅުވާ އަޑު ވައްޑެ އާންމު ކުރެއްވި ވީޑިއޯއިން އިވެއެވެ. މިކަމުގެ ސަބަބުން ބައެއް މީހުން އަންނަނީ ބިގޭއަށް ފާޑު ކިޔަމުންނެވެ.

މި ހާދިސާ ހިނގާފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ނައިބު މުޤައްރަރަކަށް ބިގޭ ހަމަޖެއްސީ މިއަދުއެވެ.

ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު މިއަދު ބަޖެޓް ހުށަހަޅުއްވަމުން ގެންދެވިއިރު، ރައީސް ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ މެންބަރުން ގެންދެވީ މަޖިލިސް ތަލުމުގައި އިހްތިޖާޖުކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *