Saturday, 13 April 2024

"ހުވާކުރެއްވުމާ ގުޅުވައި، އިސްލާމީ މަރުކަޒުގެ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސް ދެކެވަޑައިނުގަންނަވާ"

ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިހެން ވިދާޅުވީ، އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް އަސުރު ނަމާދާއި މަޣުރިބް ނަމާދަށް ދާ މީހުން އެ މިސްކިތުގެ އުތުރު ފަރާތުގެ ބަދަލުގައި، ދެކުނުފަޅި އާއި އިރުމަތީ ފަރާތް ބޭނުންކުރަން އިސްލާމިކް މިނިސްޓްރީ އިން އަންގަވާފައިވާ ކަމަށް މީޑިޔާތަކުގައި ދައުރުވަމުންދާ ޚަބަރަކާ ގުޅިގެންނެވެ.

އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް މީޑިޔާތަކަށް ޙިއްސާ ކުރެއްވި މެސެޖެއްގައި ވަނީ، ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

އަދި، ސަލާމަތީ ސަބަބުތަކަށްޓަކައި، 2023 ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށް ފިރުޒުލް ވިދާޅުވެފައިވެއެވެ.

ފިރުޒުލް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، އިންތިޒާމުތައް ހަމަޖެހިފައިވާނީވެސް އެފަދައިން ކަމަށާއި، ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް (އަދި އެއްވެސް ނަމާދު ވަގުތެއްގައި) މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *