Friday, 11 October 2024
ރައީސް ނަޝީދު ވަކިކުރެއްވުމުން، މަޖިލިސް ރައީސްކަން ކުރައްވާ މުޙައްމަދު އަސްލަމް

ސަޕްލިމެންޓްރީ ބަޖެޓުގައި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ހަމަޖައްސައިފި

މި އަހަރުގެ ބާކީ ހަރަދުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މި ބަޖެޓް ހުށަހަޅުއްވާފައިވަނީ، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު އޮތް ބައްދަލުވުމެއްގައެވެ.

އެގޮތުން، މީޑީއާތަކަށް ބަޖެޓެއް ދިނުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ހުށަހެޅުއްވީ އިސްލާހުގައި ވަނީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށެވެ.

އެ އިސްލާހު ކޮމިޓީން ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމަކު، އެ އިސްލާހަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ.
މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީ ބައްދަލުވުމުގައި ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރަން ނިންމައިފައެވެ. އެހެންކަމުން، މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު