Friday, 04 October 2024

ފުލުހުންނާއި ސިފައިންގެ މުސާރައިގެ ބޮޑުކުރި އޮނިގަނޑު ފޮނުވައިފި

ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ނިންމާ މުސާރައިގެ އޮނިގަނޑު އެއިދާރާތަކަށް ޕޭ ކޮމިޝަނުން ފޮނުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެއިދާރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެ ދެ އިދާރާގެ މުސާރަ ބޮޑުކުރުމަށް ރައީސް ވަޢުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިގައި ބ.ތުޅާދޫގައި ބޭއްވި ޖަލްސާއެއްގެ ތެރޭގައެވެ. ރައީސް ވިދާޅުވެފައިވަނީ މިބަދަލާއެކު މިހާރު އެންމެ އާދައިގެ ފުލުހަކަށް 11،000 ރުފިޔާ ލިބުނުނަމަވެސް މުސާރައަށް އަންނަ ބަދަލާއެކު މަދުވެގެން 15،400 ރުފިޔާ ލިބޭނެއެވެ. އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

އެގޮތުން ބޮޑުކުރާ މުސާރައަށް އަންނަ އަހަރު 500 މިލިއަން ރުފިޔާ އަރައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު