މާދަމާ ރޭ މާލޭގައި ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
ދެންމެ މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ހަވާ އަރުވަނީ އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ގުޅުވައި ކަމަށެވެ.
17 ނޮވެމްބަރު 2023 ވާ ހުކުރު ދުވަހު ހަވާ އަރުވަނީ ރޭގަނޑު 09:00 ގައި، އިއްޒުންދީން ފާލަން (ރަސްމީ ފާލަން) ދިމާ ބޭރުންނެވެ.
މާދަމާ ރޭ ހަވާ އަރުވަން ނިންމާފައިވާއިރު އައު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ހަވީރު 04:00 ގައި ޖުމްހޫރީ މައިދާނުގައެވެ.