Saturday, 15 June 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފައިލް ފޮޓޯ

އާ ސަރުކާރުގެ ވަޒީރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނާނެއެވެ.

ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެއެވެ.

އެނގިފައިވާ ގޮތުގައި އަލަށް އެކުލަވާލާ ކެބިނެޓުގައި އަންހެން ތިން މިނިސްޓަރުން ހިމަނައިގެން 22 މިނިސްޓަރުން ތިއްބަވާނެއެވެ.

އަލަށް އެކުލަވާލާ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

އިކޮނިމިކް މިނިސްޓްރީ: މުޙައްމަދު ސައީދު
ޓޫރިޒަމް މިނިސްޓްރީ: އިބްރާހިމް ފައިސަލް
ހައުސިން މިނިސްޓަރު: ޑރ. ހައިދަރު އަޙްމަދު
ހެލްތު މިނިސްޓަރު: ޑރ. އަބްދުﷲ ހަލީލް
އެޑިއުކޭޝަން މިނިސްޓަރު: ޑރ. އިސްމާއިލް ޝަފީއު
ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީ: ޠާރިޤް އިބްރާހިމް
ޖެންޑާ މިނިސްޓްރީ: ޑރ. އައިޝަތު ޝިހާމް
ޓްރާންސްޕޯޓް މިނިސްޓްރީ: މުޙައްމަދު އަމީން
ފޮރިން މިނިސްޓްރީ: މޫސާ ޒަމީރު
ޑިފެންސް މިނިސްޓްރީ: ޣައްސާން މައުމޫން
ލޯކަލް ގަވަރުނަންސް މިނިސްޓްރީ: އާދަމް ޝަރީފް އުމަރު
ފިޝަރީޒް މިނިސްޓަރު: އަޙްމަދު ޝިޔާމް
ހޯމް މިނިސްޓަރު: ޑރ. ޢަލީ އިހުސާން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. މަރިޔަމް މާރިޔާ
އިސްލާމިކް މިނިސްޓަރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ސްޕޯޓްސް މިނިސްޓަރު: ޑރ. ޢަބްދުﷲ ރާފިއު
ފިނޭންސް މިނިސްޓަރު: ޑރ. މުޙައްމަދު ޝަފީޤް
ގައުމިއްޔަތު މިނިސްޓަރ: އާދަމް ނަސީރު އިބްރާހީމް
ޔޫތު އެންޑް ޓެކްނޮލޮޖީ މިނިސްޓަރ: އިބްރާހީމް ވަހީދު
އެގްރިކަލްޗަރަލް މިނިސްޓަރ: ޑރ. ޢާއިޝަތު ރަމީލާ
އިންފްރާންސްޓެކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ: ޑރ. ޢަބްދުﷲ މުއްތަލިބު

މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައިވަނީ އެ މަނިކުފާނުގެ ސަރުކާރެއްގައި ތިއްބަވާނީ ކަމަށް ޤާބިލު ތަޢުލީމީ ބޭފުޅުން ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު