Thursday, 18 April 2024

އިންތިޚާބީ ރައީސްގެ އޮފީހަށް ޢައްޔަންކުރެއްވި އިންތިޤާލީ މުއްދަތުގެ ތަރުޖަމާނުގެ މަސައްކަތްޕުޅު ނިންމަވާލައްވައިފި

މިއަދު ހެނދުނުން ފެށިގެން، ރަސްމިއްޔާތާގުޅޭ ހުރިހާ މަޢުލޫމާތެއް (މިހާރެކޭވެސް އެއްގޮތަށް) މަޖިލިސް އިދާރާއިން ދެއްވަމުންގެންދަވާނެ ކަމަށް އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވެއްޖެއެވެ.

މީޑިއާތަކުގެ ސަމާލުކަމަށް ގެންނަވައި މިއަދު ހެނދުނު އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން ފިރުޒުލް ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ވަގުތުން ފެށިގެން (ހެނދުނު 8:17)، ރަސްމިއްޔާތާގުޅޭ ހުރިހާ މަޢުލޫމާތެއް (މިހާރެކޭވެސް އެއްގޮތަށް) މަޖިލިސް އިދާރާއިން ދެއްވަމުންގެންދަވާނެ ކަމަށެވެ.

"އަދި އިންތިޚާބީ ރައީސް، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ހިސާބުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އާންމު މީޑިއަމްތަކުން، މީޑިއާތަކަށާއި އާއްމުންނަށް މަޢުލޫމާތު ހިއްސާކުރަމުންގެންދަވާނެއެވެ." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ އިންތިޤާލީ މަރުޙަލާގައި ހުރިހާ ނޫސްވެރިން ދެއްވި އެއްބަރުލުމާއި ބެހެއްޓެވި ޝައުގުވެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މުޙައްމަދު ފިރުޒުލްގެ މަސައްކަތްޕުޅު ފާހަގަވެގެންދަނީ، އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ފޯރުކޮށްދެއްވަން ޖެހޭ މަޢުލޫމާތު ވަރަށް ފުރިހަމަ ކަމާއި ޤާބިލުކަމާއެކު ފޯރުކޮށްދެއްވި ޒުވާނެއް ގޮތުގައެވެ. ބަސް މޮށުންތެރިކަމާއެކު އެންމެ ފަހުގެ މަޢުލޫމާތައް ވަގުތުން ވަގުތަށް ފޯރުކޮށްދެއްވި، ދޫ ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ. ހަމައެހެންމެ، ކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވީ ސާބިތުކަމާއެކުގައެވެ.

"ފިޔަ އޮންލައިން" ގެ ފަރާތުން، ފިރުޒުލްއަށް އެދެނީ، ފުރިހަމަ ޞިއްޙަތާއި އިތުރު ކާމިޔާބީއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *