25 ޖަނަވަރީ 2025
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި

ޑރ. މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ޞާލިޙް ވަޑައިގެން، ޑިމޮކްރެސީގެ ނަމޫނާ ދެއްކެވުން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެން ޑިމޮކްރެސީގެ ފުރިހަމަ ނަމޫނާ ދައްކަވައިފިއެވެ.

ރައީސް ޞާލިޙްއާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދުވެސް މިހާރު ވަނީ ޖުމްހޫރީ މައިދާނަށް ވަޑައިގަންނަވާފައެވެ.

މިއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާފައިވަނީ ރައީސް ޞާލިޙެވެ. އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޢިއްޒު ވާދަކުރައްވައި ރައީސް ޞާލިޙްގެ މައްޗަށް ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ މުއިއްޒު ހަވާލުވެވަޑައިގަންނަވާނީ، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގަައި އޮންނަ ޖަލްސާއެއްގައެވެ. މިޖަލްސާ ކުރިއަށްދާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގޮތުގައެވެ. ކުލަގަދަ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުންވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. މިރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރެއްވުމަށް ބާއްވާ އެންމެ ބޮޑު ރަސްމިއްޔާތަށެވެ.

ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ، ކޮންމެ ޤައުމެއްގައިވެސް އިންތިހާއަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ.

"ތަހުޒީބު މުޖުތަމަޢުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާއެކު ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުޙަބާ ކިޔުން." ރައީސް މައުމޫން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު