Wednesday, 19 June 2024

ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވައިފި

ދިވެހި ޖުމްހޫރީއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވާކުރައްވައި، މަޤާމާ ޙަވާލުވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވަކުރެއްވީ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ކުލަގަދަ ދަރުބާރެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ނައިބު ރައީސް ޢަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް މަޤާމުގެ ހުވާކުރެއްވުމަށްފަހުވަނީ ހުވާގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެންވަނީ 7 ބަޑީގެ ސަލާމެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ދަރުބާރުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ އިތުރުން، ސްރީލަންކާގެ ރައީސްއާއި އެހެން ބައެއް ޤައުމުތަކުގެ ރައީސުންގެ މަންދޫބުންނާއި ބޭރުގެ ޢިއްޒަތްތެރިން އަދި ޢާއްމުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

ޑރ.މުޢިއްޒު ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ވެވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު