Wednesday, 17 April 2024

ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވާސިޓީގެ ދަށަށް، މިނިސްޓަރުކަމުގައި ޑރ. ޝަހީމްގެ ފުރަތަމަ ފިޔަވަޅު

ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އަންނަ އަންގާރަ ދުވަހު ޙަވާލުކުރެއްވުމަށް އަލަށް ޢައްޔަންކުރެވުނު، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އަންނަ އަންގާރަ ދުވަހު ޙަވާލުކުރެވިގެންދާނެ ކަމަށާއި، އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަޙައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ.

"ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އަންނަ އަންގާރަ ދުވަހު ޙަވާލުކުރެވިގެންދާނެ. އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަޙައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވެގެންދާނެ." ޝަހީމް ވިދާޅުވިއެވެ.

އެ މަނިކުފާނު އިސްލާމިކް މިނިސްޓަރގެ މަޤާމް ޙަވާލުކޮށްފައިވަނީ ދާދި ދެންމެއަކުއެވެ. އެހެންކަމުން މިކަން ވެގެން ގޮސްފައި މިވަނީ އެމަނިކުފާނުގެ ވަޒީރުކަމުގައި ޙާޞިލު ކުރެވޭ އެންމެ ފުރަތަމަ ކާމިޔާބީ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *