Thursday, 18 April 2024

އެމްޑީޕީ ޕީޖީ ލީޑަރުކަމަށް މުޙައްމަދު ރަޝީދު، ޣަނީ އަދި ޖާބިރު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބަށް 3 ކެންްޑިޑޭޓަކު ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީން ވިދާޅުވީ، ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ން 16:00 އަށް، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމުގައިކަމަށެވެ.

އެމްޑީޕީ ޕީޖީ ލީޑަރުކަމަށް 3 މެންބަރަކު ވާދަކުރައްވައެވެ. އެއީ:

1. މުޙައްމަދު ރަޝީދު ޙުސައިން – އަލިފުށި ދާއިރާ
2. ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް – ކުރެންދޫ ދާއިރާ
3. ޢަބްދުﷲ ޖާބިރު – ކާށިދޫ ދާއިރާ

އެމް.ޑީ.ޕީގެ ޕީޖީ ލީޑަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ޢަދަދެއްގެ މެންބަރުން ތަމްޞީލުކުރަމުންދަނީ އެމް.ޑީ.ޕީންނެވެ. މިވަގުތު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ޖުމްލަ 56 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *