ކުރީ ސަރުކާރުން މަޤާމުން ވަކިކުރި އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަލުން އަނބުރާ އެ ވަޒީފާ ނުކުމެއްޖެއެވެ.
އަރަބިއްްޔާ ސްކޫލ ޢިމާރާތުގައި ރެނދުލައި، އެ ސްކޫލު އިމާރާތުން ނިކުންނަންޖެހި ދިމާވި ކަންތައްތަކެއްގެ ސަބަބުން، އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ޝުޖާއު އެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ކަމުން ވަކިކޮށް ނޭޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އެޑިއުކޭޝަނުން ޝުޖާއު ބަދަލުކުރިއެވެ.
ޝުޖާއު އެންއައިއީއަށް ބަދަލުކުރީ އަރަބިއްޔާ ސްކޫލަށް ސަރުކާރުން އަޅާ ނުލާ ކަމަށް ބުނެ ބެލެނިވެރިން ހިންގާ "ސޭވް އަރަބިއްޔާ" ނުހުއްޓުވާތީ ކަމަށް އޭރު ބެލެނިވެރިން ދިޔައީ ބުނަމުންނެވެ. ބެލެނިވެރިން އެހެން ބުނި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކުރިއެވެ. އޭރު މިނިސްޓްރީން ވިދާޅުވީ ޝުޖާއު ބަދަލުކުރީ އެޑިއުކޭޝަން މިނިސްޓްރީއަށް ގެންނަމުންދާ އިސްލާހީ ބަދަލުތަކާ އެއްގޮތަަށް ކަމަށެވެ.
މި މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލް އިން ވަނީ އޭނާއަށް ވަޒީފާ ދޭން އަންގާފައެވެ.
އެހެންކަމުން، ޝުޖާއު އަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމު އިޔާދަކޮށް ދޭން ނިންމަވާފައިވާކަމަށެވެ.
އެގޮތުން، އޭނާ މިހާރު ވަނީ އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމާއި ހަވާލުވެވަޑައިގެން މަސައްކަތަށް ނިކުންނަވަން ފައްޓަވާފައެވެ.
ޝުޖާއު ޕްރިންސިޕަލްގެ މަގާމަށް ހަމަޖެއްސެވީ 2018 ވަނަ އަހަރުއެވެ.