ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ސައީދު ވާހަކަދައްކަވަނީ، ފައިލް ފޮޓޯ: ރައީސް އޮފީސް

އައު ސަރުކާރުގެ ކުރު ރާސްތާ އަމާޒު: ފަތުރުވެރިކަމުން 6 ބިލިއަން ޑޮލަރު ހޯދުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރު ރާސްތާ އަމާޒެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް ޖެއްސުމަށް ކަނޑައަޅައިފިއެވެ.

ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ކޯ ޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ މައި ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަން އޮތް ކަމުގައި ވިޔަސް، އެކަމާ ގުޅުން ހުރި އިތުރު ސިނާއަތްތައް ތައާރަފްކޮށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.

ހަމައެހެންމެ ފަތުރުވެރިކަމުގެ ތެރެއިން އެ ސިނާއަތް ޑައިވާސިފައި ކުރުމަށާއި އިޤްތިސާދު ހަމައެކަނި އެއް ކަމަކަށް އަމާޒު ނުކުރުމަށް އެކިއެކި މިނިސްޓްރީތަކުން ސިޔާސަތުތައް ގެންގުޅުއްވާ ކަން ފާހަގަކުރައްވަމުން، ސައީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަން އެމެރިކާ ޑޮލަރުގައި އެވްރެޖްކޮށް ހުރިއިރު، އޭގެ ތެރެއިން 4.5 ބިލިއަން އެމެރިކާ ޑޮލަރު ލިބެނީ ފަތުރުވެރިކަމުން ކަމަށެވެ.

ބައެއް ޤައުމުތަކުގައި މިހާރު ވެސް ވިޒިޓާ އިކޮނޮމީ ކައުންސިލް އުފައްދައިގެން މަސައްކަތްކޮށްފައި ހުރި ކަން ފާހަގަ ކުރައްވައި، އޮސްޓްރޭލިއާ އިން ވިޒިޓާ ޑިވެލޮޕްމަންޓް ކުރިއަށް ގެންދާއިރު، އިނގިރޭސި ވިލާތުގެ ބައެއް ތަންތަނުގައި ފަތުރުވެރިކަން ތައާރަފްކޮށް ކުރިއަށް ގެންދިއުމަށް ވިޒިޓާ އިކޮނޮމީ އެކްޓިވިޓީސްތަކެއް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރެވިދާނެ ކަމަށެވެ. އެއީ ރައީސް މުއިއްޒު ވެސް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ސެއިލިންއަކީ ޓޫރިޒަމްގެ ތެރެއިން ގެނެވޭނެ އެއް އިކޮނޮމިކް އެކްޓިވިޓީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެރިޓޭޖް ސައިޓްތައް ދައްކައިގެންނާއި ސްކައި ޑައިވިން ކަހަލަ ކަންކަމަކީ ދިރާސާކޮށްގެން ކުރެވިދާނެ ކަންކަން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ދެ ކަމެއް ހާސިލްވެއެވެ. އެގޮތުން ފަތުރުވެރިންނަށް ވޯލްޑް ސްޓޭންޑަޑްގައި ކަންތައްތަކެއް ކުރެވޭ އިރު، ރާއްޖޭގައި ތިބި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ލިބިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ބޮޑު ބޭނުމަކީ ދެކޮޅު ޖެހޭ އިންކަމެއް ތައާރަފްކޮށް ސަސްޓެއިނަބަލް ދެމެހެއްޓެނިވި އިޤްތިސާދެއް ގެންގުޅެވި ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުން ކަމަށް ސައީދު ވިދާޅުވިއެވެ.

ވިޒިޓަރ އިކޮނޮމިކް ކައުންސިލަކީ، ރާއްޖޭގެ އިޤްތިޞާދުގެ މައި އަސާސްކަމުގައިވާ ފަތުރުވެރިކަން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރުމަށް އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއްކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު