6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ރައީސް ޞާލިޙްގެ ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓުގެ އިތުރަށް ދައުލަތުން ހަރަދުކޮށްފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެގޮތުން، ސަޕްލިމެންޓަރީ ބަޖެޓު ކޮމިޓީން ފާސްކުރީ މަޖިލީހުގެ ތަޅުމުން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމާއި ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. އެއީ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

2023 ވަނަ އަހަރަށް ފާސްކޮށްފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށްވާއިރު، އޭގެ އިތުރުން 5.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ.

އޮކްޓޯބަރ މަހު 5 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 33.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓްގެ 77 އިންސައްތަ މިވަނީ މިހާރު ހަރަދުވެފައިއެވެ. އެެހެންކަމުން ބަޖެޓްގައި ބާކީ އޮތީ 9.6 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީއިން ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީ އަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެއެވެ.

މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. ބަޖެޓު ދިރާސާކޮށް ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު