ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމު: ސިޓީތަކާބެހޭ ވަޒީރު

ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމު ކަމަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލެސިޓީ ކައުންސިލްގެ އިސްވެރިންނާއި ކައުންސިލަރުންނާ އެކު ބޭއްވެވި ބަައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ މެންދުރުފަހު މާލެ ސިޓީ ކައުންސިލްގެ ބިއުރޯގައެވެ.

އެ ބައްދަލުވުމަކީ އެ ވުޒާރާއާއި ހުރިހާ ސިޓީތަކާއި ކައުންސިލްތަކާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއްކަން ފާހަގަކުަރައްވައި، އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައިކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވަޒީރެއްގެ ގޮތުގައި ހުންނަވާ އަދި މާލެސިޓީގެ މޭޔަރެއްގެ ގޮތުގައި ހުންނަވައިގެންވެސް ކައުންސިލްގައި ހުރި މުހިންމު ކަންކަން ތަޖުރިބާ ކުރައްވާފައި ކަމަށާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަކީ އެ ތަޖުރިބާގެ އަލީގައި ރައީސް ޑރ. މުޢިއްޒު އުފެއްދެވި މިނިސްޓްރީއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދިނުމުގައި ކައުންސިލްތަކުގެ ދައުރު މުހިންމު ކަމަށާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެ ބައްދަލުވުމަކީ އެ ވުޒާރާއާއި ހުރިހާ ސިޓީތަކާއި ކައުންސިލްތަކާއި ގުޅިގެން ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތައް ހިންގުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު