15 ޖަނަވަރީ 2025

ގެއްލިގެން ހޯދަމުންދަނިކޮށް ފުލުހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރާ ފުލުހެއް ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާފެނިއްޖެއެވެ.

މިކަމާބެހޭ ގޮތުން މަޢުލޫމާތު ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީކުރާ ފުލުހަކު ރޭ އިޝާނަމާދަށް ދިޔަގޮތަށް ގެއަށް ނާންނަކަމަށް ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން 1:40 ހާއިރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. ނިޔާވެފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު