Thursday, 18 April 2024

ބަޖެޓު ބަހުސް މާދަމާ ނިންމާލަނީ

2024 ވަނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގެ ބަހުސް މާދަމާގެ ނިޔަލަށް ނިންމާލަން މަސައްކަތް ފަށައިފިއެވެ.

ޢާންމު އުސޫލެއްގެ ގޮތުން، ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން، ބަޖެޓް ދިރާސާ ކުރެއްވުމަށް މެމްބަރުންނަށް 7 ދުވަސް ދިނުމަށްފަހު މަޖިލިސް ތަޅުމުގައި، ބަޖެޓް ބަހުސް ފަށާ ގޮތަށް އޮންނަ އިރު، މިއަހަރުގެ ބަޖެޓް ބަހުސް ފެށީ މިއަދުއެވެ. އެގޮތުން މިރޭގެ 10 ޖެހުމާއި ހަމައަށް ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއަދާއި މާދަމާވެސް ބަޖެޓަށް ބަހުސް ކުރިއަށް ގެންގޮސް ބަހުސް ނިންމާލުމަށް އަޟާޒުކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ބަޖެޓްއާންމު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމެއް ނިންމާފައިވާއިރު، ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ނިންމެވިއެވެ. ޤާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެއެވެ.

ބަޖެޓްގެ ބަހުސްއަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް މާލީ ވަޒީރު މުހައްމަދު ޝަފީޤަށް 45 މިނިޓްގެ ވަގުތެއް ދިނުމަށް ހަމަޖެހިފައިވުމުން، ވަޒީރު ބަޖެޓާއި ގުޅޭގޮތުން މެމްބަރުން ދައްކަވާ ވާހަކަތަކަށް ޖަވާބުދާރީވުމަށް މާދަމާގެ ޖަލްސާއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

2024 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *