Thursday, 18 April 2024

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރަނީ

މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށްޓަވައިފިއެވެ.

މިއަދު ގެންނަވަން މި ފެށްޓެވި ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެއްވަމުން ގެންދަވާނީ މާލެ ސިޓީ ކައުންސިލުންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އަރބަންކޯއިންނެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތައް ނިންމަވައިފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *