Thursday, 18 April 2024

ސްކޫލްތަކުގެ ލައިބްރަރީތަކުގައި، ދީނަށް ފުށު އަރާ ގޮތަށް ހުރި ފޮތްތައް ނަގަން އަންގައިފި

ސްކޫލްތަކުގެ ލައިބްރަރީގައި ހުރި ފޮތްތަކުގެ ތެރެއިން ދީނަށް ފުށު އަރާ ގޮތަށް ހުރި ފޮތްތައް ނަގަން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ. މިކަން އަންގަވާފައިވަނީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސަރކިޔުލަރއަކުންނެވެ.

އެ ސަރކިޔުލަރގައި ބުނެފައިވަނީ، ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށް ވެސްް އަންގަވާފައިވެއެވެ.

އަދި އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށް ވެސް ސްކޫލުތަކަށް އިލްތިމާސްކުރައްވާފައިވެއެވެ.

އެހެންވެ، ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަޤާފަތާއި، އާދަކާދަތަކާ ފުށުއަރާ ފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، މިނިސްޓްރީއާއި ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދިޔުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *