15 ޖަނަވަރީ 2025

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، ޢަލީ ޝަރީފް ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، ޢަލީ ޝަރީފް ޢައްޔަނުކުރައްވައި، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބައެއް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން ޢައްޔަނުކުރެއްވި މަގާމުތަކަކީ:

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ – ހ. ނީވްވިލާ، އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުޙައްމަދު ޠާރިޤް އަޙްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – ގދ. މަޑަވެލި، ކިނާރާ، ޑޮކްޓަރ ޢަމްޒަތު އަޙްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން – ހ. ނޫމުތީ، ޢަބްދުއްރައްޒާޤު އިބްރާހީމް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް – ސ. މަރަދޫފޭދޫ ބްލޫހެވަން، މުޙައްމަދު ޝަހުރުއްޛިޔާދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ތ. ހިރިލަންދޫ، ލިލީގެ، ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ގ. ގްރީންބީންސް، ފާޠިމަތު މުޙައްމަދު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ހއ. އިހަވަންދޫ، ވައިޖެހޭގެ، އަޙްމަދު ޝަފީޢު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ހ. ކިސްތީ، އަޙްމަދު މުނާޒު
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް – ހ. ނޫމުތީ، މުޙައްމަދު އިބްރާހީމް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު