Saturday, 13 April 2024

މި އަހަރުގެ ނިޔަލަށް ދަ ޑިމޮކްރެޓްސް އަށް 10،000 މެންބަރުން ހަމަކުރަނީ

މި އަހަރުގެ ނިޔަލަށް ދަ ޑިމޮކްރެޓްސް އަށް 10،000 މެންބަރުން ހަމަ ކުރައްވާނެ ކަމަށް ޑިމޮކްރެޓްސްއިން ހާމަކުރައްވައިފިއެވެ.

އެ ޑިމޮކްރެޓްސްއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ވެސް ކުރިއަށްދާ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން އެ މަސައްކަތުގައި ވަރަށް އަވަދިނެތި އުޅުއްވާ ކަމަށާއި، އިސް ސަފުގައި މަސައްކަތް ކުރައްވާ މެންބަރުން ހިމެނޭހެން ރާއްޖޭގެ ކަންކޮޅުތަކަށް ވެސް ބައެއް ދަތުރުތައް ކުރައްވަމުން ދާކަމަށް ވެސް އެޕާޓީން ވިދާޅުވެއެވެ.

މި އަހަރުގެ ނިޔަލަށް 10،000 ހަމަ ކުރުމުގެ މަޤްސަދަކީ ދައުލަތުން ޕާޓީތަކަށް ދޭ ފައިސާ ހޯދުން ކަމަށް ބެލެވެއެވެ.

ޑިމޮކްރެޓްސް ވުޖޫދަށް ގެނައުމަށް މި އަހަރުގެ އޮގަސްޓް މަހު ވަނީ 3،000 މެމްބަރުންގެ ފޯމު ހުށަހަޅައި ޕާޓީ އުފައްދާފައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީ އަށް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ލިބިފައެވެ.

އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *