Tuesday, 23 July 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތަށް ބޮޑު ތަރުޙީބެއް!

ޕްރޮސިކިއުޓަރ ޖެނެރަލްގެ ރެކްރިއޭޝަން ކްލަބް، ކްލަބް220 އިން އިންތިޒާމުކޮށްގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ، ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތް 2023 އަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިހާތަނަށް، މި މުބާރާތުގައި 120 އަށްވުރެ ގިނަ ޢަދަދެއްގެ މީހުން ރަޖިސްޓަރީ ކޮށްފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2023 ދުވަހުގެ 14:00 ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. 

އެ އޮފީހުން ވިދާޅުވާ ގޮތުގައި، ރަޖިސްޓަރީވުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮންލައިން ޕޯޓަލް  online.pgo.mv  ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ.

ސީދާ ލިންކަކީ online.pgo.mv/siteemubaarai މިއެވެ. މިލިންކުން މުބާރާތުގެ ގަވާއިދުވެސް ފެންނާނެ ކަމަށާއި، އެ އޮފީހުގެ ވެބްސައިޓަށްވަދެވޭނީ އީފާސް މެދުވެރިކޮށް ވެރިފައިވެގެން ކަމަށްވެސް މަޢުލޫމާތު ދެއްވައެވެ. 

މުބާރާތާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި، ކްލަބް220 ގެ ހިންގާ ކޮމިޓީގެ ދެމެމްބަރުން، އަލްއުސްތާޛާ ފާޠިމަތު ނަބާހާއާއި އަލްއުސްތާޛާ ޢާއިޝަތު މުނާ ޝަމީމް، ރާއްޖެ އެފް.އެމް ގެ އަދުގެ ރާއްޖެ ޕްރޮގްރާމްގައި ވާހަކަ ދައްކަވާފައިވާ ކަމަށްވެސް މަޢުލޫމާތު ދެއްވައެވެ.

މުބާރާތާ ބެހޭ ބައެއް މަޢުލޫމާތު:

  • އެ މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުން
  • އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެ
  • ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާރކްސްއަށް ބަލައިގެން
  • 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތައް، އޮފީސްތަކުގައި ބައިގައި ވާދައެއްނުކުރެވޭނެ

މުބާރާތުގެ އިނާމުތަކަކީ؛

1 ވަނަ ސިޓީއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި

2 ވަނަ ސިޓީއަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން

3 ވަނަ ސިޓީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން

އެއްވަނަ އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި

2 ވަނަ އޮފީސް – ހަނދާނީ ލިޔުން

3 ވަނަ އޮފީސް – ހަނދާނީ ލިޔުން

އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު