13 ނޮވެންބަރު 2025

މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލާނަން؛ ޗެއަރކުރައްވާނީ ޝެއިޚް ލަޠީފް: ޑރ. ޝަހީމް

މިސްކިތްތަކާއި ބެހޭ ގައުމީ މަޖުލީހެއް އަލުން އެކުލަވާލާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިދާޅުވީ އެކަމަކީ ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވަ ވައުދު ވެފައިވުމާއިއެކު މިސްކިތްތަކާއި ބެހޭ ޤައުމީ މަޖުލީހެއް އެކުލަވާލުމަށް ނިންމީ ކަމަށެވެ. އެއީ އިމާމުން ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖްލީހެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ، އެ މަޖިލިސް ޗެއަރކުރައްވާނީ، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ޢައްޔަންކުރައްވާފައިވާ، ދ.މީދޫ ފެހިގެ ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފެވެ. ޝެއިޚް މުޙައްމަދު ލަޠީފް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ. ޝެއިޚް މުޙައްމަދު ލަޠީފު ކުރިން ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަގާމު ފުރުއްވާފައެވެ.

ޑރ. ޝަހީމު ވިދާޅުވާ ގޮތުން ރާއްޖޭގައި މި ވަގުތު 1000 ވަރަކަށް މިސްކިތް އެބަ ހުއްޓެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހަމައެހެންމެ، މިސްކިތްތަކުގެ އާބާތުރަ ފިލުވާ، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު