Saturday, 13 April 2024

މި ސަރުކާރުގައި ރެނދު އަޅުވާ ބަޣާވާތް ކުރަން އުޅޭ ބަޔަކަށް އެ ފުރުސަތު ނުދޭނަން: ޕީއެންސީ

މި ސަރުކާރުގައި ރެނދު އަޅުވާ ބަޣާވާތް ކުރަން އުޅޭ ބަޔަކަށް އެ ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީއިން ހާމަކުރައްވައިފިއެެވެ.

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓުން ޙިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ގެނައީ ވަރަށް ފޮނި އުންމީދާއި އެކުގައި ކަމަށާއި، މި ސަރުކާރުގައި ރެނދު އަޅުވާ ބަޣާވާތް ކުރަން އުޅޭ ބަޔަކަށް އެ ފުރުސަތު ނުދޭނެ ކަމުގައެވެ.

"މި ސަރުކާރު އަޅުގަނޑުމެން ގެނައީ ވަރަށް ފޮނި އުންމީދާއި އެކު. އަދި މި ސަރުކާރުގަ ރެނދު އަޅުވާ ބަޣާވާތް ކުރަން އުޅޭ ބަޔަކަށް އެ ފުރުސަތު އަޅުގަނޑުމެން ނުދޭނަން." ޕީއެންސީން ވިދާޅުވެފައިވެއެވެ.

ޕީއެންސީއިން މިކަން ހާމަކުރައްވާފައިވާއިރު، ޕީޕީއެމްގެ އިސް ލީޑަޝިޕު އެކަހެރިކޮށް، އެ ޕާޓީ "ހިންގަން" 13 މެމްބަރުންގެ ކޮމިޓީއެއް ޕީޕީއެމްގެ ރައީސް  ޔާމީން އެކުލަވާލައިފިކަމަށް ވިދާޅުވެ، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އިސްވެ ތިއްބަވާ ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި އެ ބައްދަލުވުން ބާއްވާފައިވަނީ ޕީޕީއެމް ޕީއެންސީގެ ހުއްދައެއް ނެތިކަމަށް ޕީޕީއެމްގެ ލީޑަރޝިޕުން ވިދާޅުވެއެވެ. އެ މައްސަލައާ ގުޅިގެން މިހާރު ވަނީ މަލީހް ސަސްޕެންޑުކޮށް އޭނާގެ މަައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ހަރަކާތްތަކަމަކީ މިކަމުގައި ބަދަހިކަން އޮންނަންޖެހޭ ކަމަށެވެ. އާ ސަރުކާރު އުފެދުނު ފަހުން ކޯލިޝަންގައި އުދާސްތަކެއް އުފެދިފައިވާކަން ފާހަގަ ކުރެއްވުމަށް ފަހު މަލީހު ވިދާޅުވީ 13 މެމްބަރުންގެ ކޮމިޓީއެއް އެފެއްދެވީ އެކަމަށް ހައްލު ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށް ވަރަށް ގިނަ އާންމުންނަށް ގުޅުމަށް ތަންކޮޅެއް ދަތިވެފައިވާ ކަމަށް މިވަނީ. އެހެން ރައީސް ޔާމީން މިވަނީ 13 ފޯކަލް ޕޮއިންޓު އުފައްދާފައި،" މަލީހު ވިދާޅުވި އެވެ.

ޕާޓީގެ އެއްވެސް ކަމެއްގައި ގުޅުއްވަން ބޭނުންވާނަމަ އާންމު މެމްބަރުން އެ ބޭފުޅުންނަށް ގުޅުއްވުމަށް އެދިވަޑައިގެންނެވިއެވެ.

"ޕީޕީއެމްގެ މުޅިން އާ ޒަމާނަށް މަސައްކަތް މި ފަށައިގަތީ،" މަލީހު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިވެހިން ވޯޓު ދިނީ ޔާމީން މިނިވަން ކުރުމަށް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ޔާމީން ކަމަށާއި މި ކޯލިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޔާމީނު މިނިވަން ކުރުންވާނީ ޕީއެންސީން ހަދާ އެންމެ ބޮޑު ގޯހެވެ. ޔާމީން ހުކުމް އެއްކޮށް ޖަލުގައި ތަންފީޒުކުރަން ނުބަހައްޓާ ދުކޮށްފި ނަމަ، މިސަރުކާރަށް އިފިކޮޅު ޕާރޓީއަކަށް ވުރެން ކުރާ އުދަގޫ ބޮޑުވާނެއެވެ. އެފަދަ މޮޔައެއް ނުހަދައްޗެވެ

  2. ތިލިސްޓްގަ މަދު މީޙަކު ހުރެދާނެ ރައީސް ޔާމީންއަށް އިޚްލާސްތެރި އެހެންނަމަވެސް ގިނަމީޙުންނަކީ ކާމްޗޯރުން. 1 އާ 13 ގައި ވަނީވެސް 2 ފިތުނަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *