ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ގުދަންތަކަށް ޒިޔާރާތްކޮށްފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުގައި ހުރި އިދާރާތަކުގެ ގުދަންތަކާއި ބައެއް އިމާރާތްތަކަށް ޒިޔާރަތްކުރައްވައި ވަޒީރު އިހުސާން އެ ތަންތަނުގެ ހާލަތު ބައްލަވައިފިއެވެ.
އެގޮތުން އެ ވުޒާރާގެ ދަށުގައި ހުރި ތަންތަންތަނުގެ ގުންދަތަކަށް ޒިޔާރަތްކުރެއްވުމާ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ އެތަންތަނުގެ ހާލަތު ބެއްލެވުމުގެ ބޭނުމަކީ އެތަންތަން ބޭނުން ކުރާނެ އެންމެ އެކަށީގެންވާ ގޮތްތައް ކަނޑައެޅުމާއި އެ ތަންތަނުގައި ހުރި ބާވެ ނީލަން ކިޔަން ޖެހޭ ސާމާނު ހުރިތޯ ބަލައި އެކަންކަން ކުރަން ކަމަށެވެ.
ވަޒީރުން ގެންދަވަނީ އެ ވަޒީރުން ހަވާލުވެފައިވާ ވުޒާރާއާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ވެސް ބަައްދަލުކުރައްވައި ހާލަތު ބައްލަވަމުންނެވެ. އެ ވުޒާރާގެ ދަށުގައިވާ ބައެއް ޢިމާރާތްތަކާއި ގުދަންތައް ބައްލަވާލައްވައިލައްވަން ކުރި ޒިޔާރަތުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އާއި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވަނީ ދޫނިދޫއަށްވެސް ޒިޔާރަތް ކުރައްވައި އެތަނުގައި ގެ ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތާއި ފުލުހުންގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ބައެއް ވަސީލަތްތައް ބައްލަވާލައްވާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރި އިދާރާތަކުގެ ތެރޭގައި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ހިމެނެއެވެ.