Thursday, 18 April 2024

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މިރޭ އުކުޅަހުގައި

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޚާއްޟަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވަން ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި، މި ޖަލްސާގައި ބައިވެރިވާ އެމްޑީޕީގެ ގިނަ އިސް އޮފިޝަލުން އުކުޅަހަށް ދަތުރުކޮށްފައިވާއިރު، އުކުޅަހަށް ދަތުރުކުރެއްވި މެންބަރުންގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.

މިއީ އެމްޑީޕީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ޖަަލްސާއެއް ކަމަށާއި، އެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެ ޖަލްސާގައި މަޝްވަރާކުރީ ރާއްޖޭގެ ވެރިކަންކުރާ ނިޒާމު ބަދަލުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސްގެ އާ ޕާޓީ، ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އެރޭ ނިންމީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *