Thursday, 18 April 2024

އުސޫލުން ބޭރުން ދީފައިވާ ގޯއްޗާއި ފުލެޓް ލިސްޓް ރިވިއު ކުރަންޖެހިދާނެ ކަމަށް ސަރުކާރުން ބުނުމުން، އެމްޑީޕީން ކަންބޮޑުވެއްޖެ

އުސޫލުން ބޭރުން ދީފައިވާ ގޯއްޗާއި ފުލެޓް ލިސްޓް ރިވިއު ކުރަންޖެހިދާނެ ކަމަށް މި ސަރުކާރުގެ ހައުސިންގ މިނިސްޓަރ ވިދާޅުވެފައިވަނިކޮށް، ބިންވެރިޔާ ސްކީމުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުލުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދާ ހިލާފު ކަމަށާއި އެކަން އެގޮތަށް ކޮށްފިނަމަ އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްވައިފިއެވެ.

މި ގޮތަށް އިންޒާރުދެއްވާފައިވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއަކަށް މިވަގުތު އއ. އުކުޅަހުގައި ހުންނަވައި ރާއްޖޭގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މާލެ ސަރަހައްދުން ދީފައިވާ ގޯއްޗާއި ފުލެޓުތައް އަތުލަން އުޅުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދީފައިވާ ފުލެޓާއި ގޯތި އަތުލާނަމަ އެމްޑީޕީން އިހްތިޖާޖު ކުރާނެ ކަމަށެވެ.

ގިނަ ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓު ދެއްވުމުގައި ވެސް ފްލެޓާއި ގޯތި އަތުނުލާނެ ކަމަށް ވިދާޅުވެ ރައީސް ޑރ، މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކުރި ކަމަށް ޤަބޫލުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ ތިން ދުވަސް ކުރިން ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ޖެހިއްޖެ ޙާލަތެއްގައި ރިވިއު ކުރައްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *