ރައީސް މުއިއްޒަކީ ވަރުބަލިކަމެއް ނެތި ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރާ ވެރިއެއްގެ ގޮތުގައި: ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަވަނީ ވަރު ބަލި ކަމެއް ނެތް ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ކަމަށް އިގްތިޞާދާއި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިންމު މަސައްކަތްތަކެއް އެމަނިކުފާނުވަނީ ކުރިއަށްގެންދަވާފައި ކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް މުއިއްޒަކީ ވަރުބަލިކަމެއްނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

މިނިސްޓަރ ސައީދަކީ ކުރީގެ ރައީސް ޔަމީންގެ ޒައާންމަތުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ފުރުއްވާފައިވާ ބޭފުޅެކެވެ.

ސައީދު މިކަން ހާމަކުރަށްވާފައި މިވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އައު ޕާޓީއެއް އުފައްދަވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގައި މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ސައީދު ހުންނެވީ ރައީސް މުއިއްޒު ފަޅީގައިކަން ހާމަކުރައްވައި ވިދާޅުވީ ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށް ގެންދަވާފައި ކަމަަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދައީދު ކަލޭލަދުކޮބާޞމިހާރު ޔާމިނު ގޯސްވީ ޔާމިނު މީހަކައްހަދާދިނީމަ ދޯއެކަންކުރީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު