15 ޖަނަވަރީ 2025

ޕީޕީއެމް އޮތީ ރައީސް ޑރ. މުޢިއްޒުއާ އެކު، އެކުގައި ކުރިއަށް ވަޑައިގަންނަވާ: ޣައްސާން

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ކަމަށް، ޑިފެންސް މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޣައްސާން މިރޭ އެކްސްގައި ޙިއްސާ ކުރެއްވި ޕޯސްޓް އެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބީ ސަފުތަކުގައި ކެރުމާއި އިޙުލާސްތެރި ކަމާއި އެކުގައިކަމަށެވެ.

"ޕީޕީއެމް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި އެކު. ރައީސް މުޢިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއި އަތް ގުޅައިގެން މިތިބީ ސަފުތަކުގައި ކެރުމާއި އިޙުލާސްތެރި ކަމާއި އެކި ސާބިތުވެ ހުރެ، ޤައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ރައްޔިތުން ދިވެހިނަށް ރައީސް މުޢިއްޒު އާއި އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން!" ޕީޕީއެމްގެ ބާނީ ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ.

މިކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އަދި ވޭތުވެދިޔަ ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ޖަމީލުގެ ކޮއްކޯފުޅު މުޙައްމަދު މަލީޙް ޖަމާލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު