ކުރީ ސަރުކާރުގެ ގޯސްތައް ރަނގަޅު ކުރުމަކީ ޑރ.މުއިއްޒުގެ ވައުދެއް ކަމަށާއި، އެ ވައުދު ފުއްދުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދޭންޖެހޭ ކަމަށް ނޫސްވެރިޔާ އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަޙްމަދު އަޒާން ހާމަކޮށްފިއެވެ.
އަޒާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރީ ސަރުކާރުގެ ގޯސްތައް ރަނގަޅު ކުރުމަކީ ޑރ.މުއިއްޒުގެ ވައުދެއް، އެ ވައުދު ފުއްދުމުގެ ފުރުސަތު ރައީސް މުއިއްޒަށް ދޭންޖެހޭ ކަމަށާއި، އެކަންކުރެވޭނީ ޑރ.މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.
އަޒާން ބުނީ، ރައީސް އިބްރާހީމްގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރީ ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލަށް ނުރައްކާވާ ގިނަގުނަ ކަންކަން އެ ސަރުކާރުންކޮށްފައިވާތީ ކަމަށާއި، ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ގެއްލޭގޮތަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ތާއީދު ކުރެވޭކަށް ނެތް ކަމަށެވެ.
"ރައީސް އިބްރާހީމްގެ ވެރިކަން ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތްކުރީ ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލަށް ނުރައްކާވާ ގިނަގުނަ ކަންކަން އެ ސަރުކާރުންކޮށްފައިވާތީ. އެ ސަރުކާރުގެ ގޯސްތައް ރަނގަޅު ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދެއް. އެ ވައުދު ފުއްދުމުގެ ފުރުސަތު ރައީސް މުއިއްޒަށް ދޭންޖެހޭ. އެކަންކުރެވޭނީ ޑރ.މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން. ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ގެއްލޭގޮތަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ތާއީދު ކުރެވޭކަށް ނެތް." އަޒާން ބުނެފައިވެއެވެ.
އަޒާން މިފަދައިން ބުނެފައިވާއިރު ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ.
މިކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އަދި ވޭތުވެދިޔަ ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ޖަމީލުގެ ކޮއްކޯފުޅު މުޙައްމަދު މަލީޙް ޖަމާލެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އަޒާާން ތީފިތުނަވެރިއެން މިގައުމު ފަސާދަކޮއްލި މީހާ ވާހަކަދައްކަން ލަދުހަޔާތް ކޮބާ
އަޒާން އަށް މަޖިލީސް ކާމިޔާބު ކޮށްދެވެން އޮތީ ގެއްލިފަވާ ހަތިޔާރުއެޅި 2000 އިންޑިއާ ސިފައިން ރައްޔިތުންނަށްފެނާނެހެން ދައްކުވައިގެން އައްޔިތުގެ ހާޟިރުގަ އެބީހުން ބޭރުކުރުމުން
ކުރީގެ ސަރުކާރާ ބެހޭގޮތުން ދައްކާފަ ހުރި ބުހުތާން ވާހަކަތަކައް ރައްޔިތުންގެކިބައިން މައާފް އައް އެދެންޖެހޭ ފުރަތަމަ