Thursday, 18 April 2024

މިއީ ރައްޔިތުންގެ ބުރަ މަސައްކަތުން ޤާއިމުކުރި ވެރިކަމެއް، މި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓާނަން: ޑރ. ޝަހީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިން ގެނައުމަށް މަސައްކަތް ކުރި ފަދައިން، މި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިން ގެނައުމަށް މަސައްކަތް ކުރި ފަދައިން، މި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށާއި، މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ޤާއިމުކުރި ވެރިކަމެއް ކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިން ގެނައުމަށް މަސައްކަތް ކުރި ފަދައިން، މި ވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ވެސް ކުރާނަން. މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ޤާއިމުކުރި ވެރިކަމެއް" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ.

މިކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އަދި ވޭތުވެދިޔަ ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ޖަމީލުގެ ކޮއްކޯފުޅު މުޙައްމަދު މަލީޙް ޖަމާލެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޜައްޔިތުންގެ ބުރަ މަސައްކަތުންނޭ ބުނީމަ ވަރަށް ހިތްހަމަޖެހޭ ގިނަ ލިޔުންތަކުގައި ހުންނަނީ އަހަރެމެންގެ ބުރަމަސައްކަތުންނޭ މިއީ ކަޑައެޅިގެން ދޮގެއް މިވެރިކަމަކީ ޤައުމު ރަގަޅުކުރަން ރައްޔިމީހާ އަމިއްލައަށް ނުފޫޒެއްނެތި ހޮވި ވެރިކަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *