ޕީޕީއެމްގެ ކައުންސިލު މެންބަރުންގެ ސުވާލެއް؛ ރައީސް ޔާމީންގެ ޙައްޤުގައި އެތައް ބަޔަކު ޖަލަށް ދާންޖެހުނުއިރު، އޭރު ޖަމީލާއި މަލީހް ކޮބާ؟

ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް ޔާމީންގެ ޙައްޤުގައި އެތައް ބަޔަކު ޖަލަށް ދާންޖެހުނުއިރު، ޖަމީލާއި މަލީހު ކޮބާތޯ ވިދާޅުވެ، ޕީޕީއެމްގެ ކައުންސިލު މެންބަރުންތަކެއް ނުރުމުގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

"ފިޔަ އޮންލައިން" އާ ވާހަކަ ދެއްކި ޕީޕީއެމްގެ ބައެއް ކައުންސިލް މެންބަރުން ވިދާޅުވެފައިވަނީ، ރައީސް ޔާމީން ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޕާޓީގެ ލީޑަރޝިޕުން، ޚުދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވި ކަމަށާއި، އޭގެ ތެރެއިން ގިނަ ބޭފުޅުންނަށާއި، އާންމު މެންބަރުންނަށް އެެތަކެއް އަނިޔާތަކެއް ލިބިފައިވާއިރު، އެތައް ބަޔަކު ޖަލަށްވެސް ދާން ޖެހުނު ކަމަށެވެ.

އެބޭފުޅުން ވަނީ، ރައީސް ޔާމީންގެ ޙައްޤުގައި ޤުރުބާންވި އެއްވެސް ބޭފުޅަކު، ޖަމީލު ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެނިގެން ނުދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ޖަމީލާއި މަލީހަކީ ރައީސް ޔާމީނަށްޓަކައި އެއްވެސް ޤުރުބާނީއެއްވި ބައެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

"އެ ދަތި އުނދަގޫ ޙާލަތުގައި މުޒާހަރާތަކުގައި ބައިވެރިވެ، ޖަލައްދާން ޖެހުނީ އާންމު މެންބަރުންނާއި ލީޑަރޝިޕް، ރައީސް ޔާމީންގެ ޙައްޤުގައި ކަމަށް ބުނެ ފިތުނަ ފަސާދަ އުފައްދައި، ވެރިކަން ވައްޓާލުމަށް ގޮވާލަމުންދާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި އޭނާގެ ކޮއްކޯފުޅު އެދުވަހު ކޮބާތޯ؟" ޕީޕީއެމްގެ ކައުންސިލު މެންބަރުންތަކެއް މިފަދައިން ސުވާލު އުފައްދާފައިވެއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނެވި އިރު، ޖަމީލާއި މަލީޙް ރައީސް ޔާމީންގެ ޙައްޤުގައި ކުރެއްވި މަސައްކަތެއް ނޯންނާނެ ކަމަށާއި، މުޒާހަރާކޮށްގެން އެއްވެސް ފަހަރެއްގައި ހައްޔަރުވެސް ކޮށްފައި ނުވާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރުންތަކެއް ވިދާޅުވިއެވެ.

ފިނިކޮޓަރީގައި ހުންނަވައި ރައީސް ޔާމީންގެ ވަކީލުކަން ކުރެއްވުމަކީ ރައީސް ޔާމީންގެ ޙައްޤުގައި މަސައްކަތް ކުރެއްވުން ނޫންކަމަށާއި، އެއާ ޚިލާފަށް ޖަމީލު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި ރައީސް ޔާމީނަށްޓަކައި މަސައްކަތްކުރެއްވީ އޭނާ ކަން ދެއްކުމަށް ކަމަށާއި، އެއީ ރައީސް ޔާމީނަށްޓަކައި މަގުމަތީގައި މުޒާހަރާކޮށް ޖަލަށް ދާންޖެހި، އެތައް ޤުރުބާނީއެއްވި ބަޔަކަށް ކުރާ މަަލާމާތެއް ކަމުގައިވެސް އެބޭފުޅުން "ފިޔަ އޮންލައިން" އާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ޖަމީލާއި މަލީޙަކީ ރައީސް ޔާމީންގެ ދިފާޢުގައި މަސައްކަތް ކުރާނެ ބައެއް ނޫންކަމަށާއި، 2018 ގައިވެސް އެދެ ބޭފުޅުން ނިކުންނަވާފައިވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލައި އެމްޑީޕީއަށް ވެރިކަން ހޯއްދަވައި ދިނުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދިފާޢުކޮށް ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެވޭނެ މަގުން ޕީޕީއެމްގެ ކަންކަން ބައްޓަން ކުރައްވާނެ ކަމަށްވެސް އޭބޭފުޅުން ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރުން މިހެން ވިދާޅުވެފައިވާއިރު، ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފައެވެ. އަދި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ވަނީ ފައްޓަވާފައެވެ. މިކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، އަދި ވޭތުވެދިޔަ ޕީޕީއެމް ސަރުކާރާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި، ޖަމީލުގެ ކޮއްކޯފުޅު މުޙައްމަދު މަލީޙް ޖަމާލެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިއީ ވަޙީދު ވިދާޅުވެގެން ލިޔުނު ޚަބަރެއް ކަމަށް ލަފާ ކުރެވޭ ވަޙީދު ވީ ޤުރުބާނީ އަކީ ކޮބާ ' ޖަމީލު ކުރިން ބުނީ ކީކޭތޯ

  2. ޖަމީލު އާއި މަލީހު އަކީ ރ. ޔާމީނަށް ހެޔޮއެދިގެން އުޅޭ ބައެއްނޫންކަމާއި، އެއީ ނައިބުރަޢީސްކަމުން ވަކި ކުރީމަ އެކަމުގެ ބަދަލުހިފަން (ޕީ ޕީ އެމް ބައިބައިކޮށް، ޔާމީނުގެ ސިޔާސީ ކުޅިގަނޑު ނިމުމަކަށް ގެންނަން) އުޅޭ ޚާއިނުންކަން، ދިވެހިރާއްޖޭގެ (ކިރިޔާވެސް ވިސްނުމެއް ހުރި) ދިވެހި ރައްޔިތަކު ނަމަ ޤަބޫލު ކުރާނެ.

    1. މިހާރުވާހަކަދައްކަންވާނީ މިހާރު ނުބައިކޮން ކަންތައްކުރި ހާއިނުންގެ މި އަދު ކުރިއަށްވުރެ ބޮޑެތި ޚާއިނުން ވެދިޔަތަނުގެ ވާހަކަދައްކައިގެން ތިމާމެންގެ ބަރަހަނާ ފޮރުވަންއުޅުނެއްކަމަކު ޤަބޫލުކުރާނެ މީހަކުނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު