Tuesday, 23 July 2024

ގްރޭޑް 10ގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އަންގައިފި

ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ ދެވަނަ ޓާމް ޓެސްޓް ރޯދައިގެ ކުރިން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިފަދައިން އަންގަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވި ސަރކިއުލާއެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް އާސިފު ރަޝީދު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި އެ ސާކިއުލާގައި ވިދާޅުވެފައިވަނީ، މިގޮތަށް ނިންމީ ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް، އަންނަ ރޯދަމަސް ފެށުމުގެ ކުރިން ބާއްވަން ސްކޫލްތަކުން މިނިސްޓްރީގައި އެދެމުން އަންނަތީ ކަމަށެވެ.

އެހެންކަމުން، ސްކޫލްތަކުގެ އެދުމުގެ މަތިން، ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމް ޓެސްޓް އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މަރޗު 14 އާ ދެމެދު ބާއްވަން ވަނީ އަންގާފައެވެ. ކަލަންޑަރުގައިވާ ގޮތުން، ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ މާރޗު މަހުގެ 10 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު