Thursday, 18 April 2024

ރައްޔިތުން އިހްތިޔާރުކުރީ ރައީސް މުއިއްޒުގެ ތަސައްވުރު، ވެރިކަން ދެމެހެއްޓުމަށް ދެމި ހުންނާނަން: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ސަރުކާރަކީ އެތައް ރައްޔިތުންގެ ބައިވެރިވުމާއެކު ގެނައި ސަރުކާރެއްކަމަށާއި ރައްޔިތުން އިހްތިޔާރު ކުރީ ރައީސް މުއިއްޒުގެ ތަސައްވުރު ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުން ގެނައި ވެރިކަމެއް ކަމަށާއި ވެރިކަން ދެމެހެއްޓުމަށް ރައީސާއެކު ދެމި ހުންނަވާނެ ކަމަށެވެ.

“އެ މަނިކުފާނު އިސް ކުރައްވާނީ ރައްޔިތުންގެ މަސްލަހަތު. މި ވެރިކަމަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ނަފާވެރި ވެރިކަމަށް ހެދުމަށް އެ މަނިކުފާނު ސާބިތުވެ ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒުގެ ވެރިކަމަށް ހަފްތާއެއް ނުވަނީސް، ރައީސް ޔާމީން ޕާޓީ ދޫ ކުރަައްވައި ދިޔުމަށް ނިންމަވައި، މިހާރު އާ ޕާޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. ރައީސް ޔާމީނާއެކު އެ މަސައްކަތުގައި އުޅުއްވަނީ މުހައްމަދު މަލީހު ޖަމާލާއި މުހައްމަދު ޖަމީލު އަހުމަދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *