Thursday, 18 April 2024

ޔާމީން އުފައްދާ ޕާޓީގެ އޮފީސް ޤާއިމުކުުރުމަށް، ޕީޕީއެމް ހިންގާ އޮފީސް އިމާރާތް ހުސްކުރަން އަންގައިފި

ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީގެ އޮފީސް ޤާއިމުކުރުމަށްޓަކައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިންގާ އިމާރާތް ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް ހުކުރު ދުވަހު އަންގައިފިއެވެ.

ރައީސް މައުމޫނާ މައްސަލަތައް އުފެދި، ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރި ފަހުން، ޕީޕީއެމްގެ އޮފީސް ހިންގަމުން އައިސްފައިވަނީ ހ. ހުރަފާ ގައެވެ.

ޕީޕީއެމް އޮފީސް ހުސްކުރަން އަންގާފައި މި ވަނީ، އެ ޕާޓީން ކުރީގެ ރައީސް ޔާމީން ދުރަށްޖެހިވަޑައިގެން އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. އެގޮތުން، ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި އެދިފައި ވަނީ އެއް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށެވެ.

ތަނުގެ ވެރިފަރާތުން ފޮނުވި ސިޓީގައި ވަނީ ހ. ހުރަފައިގެ ގްރައުންޑް ފްލޯ އަދި އެއް ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރީ، ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް ކަމަށެވެ.

"ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ. ވުމާއެކު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، މިއަދު [ނޮވެމްބަރު 24، 2023] ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް އަޅުގަނޑާ ހަވާލު ކުރުން އެދެން،" އިތުރު ފުރުޞަތެއް ދިނުމަކާ ނުލައި، ތަން ހުސްކުރަން ފޮނުވި ސިޓީގައިވެއެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން،  އާ ޕާޓީއެއް ހެދުމަށް ނިންމީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް މުޢިއްޒު ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން ރައީސް ޔާމީން މިންޖުނުކުރުން ހިމެނެއެވެ.

ޔާމީން އަލަށް ހަދާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅޭ މަލީހާއި ޖަމީލު ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *