ޖޭޕީގެ ޓީމެއް ރައީސް މުއިއްޒުއާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ އިސް ޓީމެއް ރައީސް ޑރ. މުހައްމަދު މުއިއްޒާ ރޭ ބައްދަލުކޮށްފިއެވެ.

ޖޭޕީގގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ޕާޓީގެ ތަރުޖަމާން ޢަލީ ޞާލިހު ވިދާޅުވީ، އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖޭޕީ އާއި ޕީއެންސީއާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މަޝްވަރާގެ އިތުރު ތަފުސީލް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޤާސިމުގެ އަނބިކަނބަލުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާއިޝާގެ އިތުރުން ޖޭޕީގެ އިސްބައެއް ބައެއް ބޭފުޅުން ކަމަށްވާ އަޙްމަދު ނިހާނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ރިޔާޒް ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުއިއްޒާ އެކު، ޕީއެންސީގެ ޗެއާޕާސަން އަދި އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް  އާއި ޕީއެންސީގެ ނައިބު ރައީސް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ޕީއެންސީގެ ނައިބު ރައީސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބާޒުތައް އަނެއްކާ ތިރިކޮއްފި ކާނިއެއްޗެއް ނުލިބި މިފަހަރުވެސް މިތިރި ކުރީ ޕީޕިއެމްދޫޮއްފަދިޔަ ބާޒުތަކެއް އެބާޒުތަކުގެ އެއްމެ ބޮޑުއެއްބޭނުމަކީ އެމްއެންޕީއާރުސީން ގެއްލުނު ފައިސާގެ ލިސްޓުގާ ހިމެނިވަޑާގެންބަޔަކާ ކަޑުވިއްކާލުމާ ނިމިދިޔަ ވެރިކަމައް ބަޔަތުހިފާ ނޭވާހޮޅިވަގައްނަގާ އެކާލިމީހުނާ މިހުރުހާކަމެއް ކޮއްގެން ތިބިބާޒުތަކެއް ތިރިކުރީ މިބާޒުތައް މިތިރިކުރީ އެމްއެންޕީއާރުސީންގެ ލާރިބޭނުން ކޮއްލިސްޓުގާ އޮތް އަލީއާރިފުގެރޭވުމާއެއްގޮތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު